ތިމަރަފުށީގެ މުހިންމު ތަންތަން
ތިމަރަފުށީ ޕްރީސްކޫލް
ކޯޑިނޭޓްސް: 2.219550، 73.149743
އިމާރާތް ކުރެވުނު އަހަރު: 1992
ޖާގަ: ގާތްގަނޑަކަށް 60 ކުޑަކުދިން
ބޮޑުމިން: 1200 އަކަފޫޓް (އިމާރާތާއި ޕްލޭގްރައުންޑް އެކީގައި)
ތިމަރަފުށީ ޕްރީސުކޫލަކީ 1992 ވަނަ އަހަރު
ތިމަރަފުށީގައި ކުރިން ބާއިންޖީނުގެ ހުރި ތަނުގައި އަޅާފައިވާ ޕްރީ
ސްކޫލެކެވެ. މި ޕްރީސްކޫލް ހިންގަނީ ތިމަރަފުށީ ކައުންސިލްގެ ބެލުމުގެ
ދަށުން، ކައުންސިލުން ކަނޑައަޅާފައިވާ ޓީޗަރުންނާއި މިންގަޑުތަކަކަށެވެ.
އެގޮތުން ސްކޫލުގެ ކަރިކިއުލަމްގައި މޮންޓެސޯރީ އަދި ސްޓެއިނާރ
އެޑިއުކޭޝަންގެ މިންގަޑުތަކަށް ހިމެނިފައިވެއެވެ. މި އިމާރާތުގައި 03
ކްލާސް ރޫމް، 1 ހޯލް، 2 ފާހާނާ، 1 އޮފީސް ބައި އަދި ޕްލޭގްރައުންޑެއް
ހިމެނިފައިވެއެވެ. ޒަމާނާ އެކު،
ތަޢުލީމީ ބޭނުންތައް އިތުރުވަމުން ދިޔުމާއެކު، މި ޢިމާރާތް ވަނީ
ބޮޑުކުރެވި، ޒަމާނީކުރެވިފައެވެ.
ޕްރީސްކޫލް ހިންގަންފެށި ފަހުން މިހާތަނަށް އައިއިރު، އެކި ބަދަލުތައް ގެނެސްފައިވެއެވެ. މިގޮތުން:
- ހިޔާކޮށް ރީތި ޕްލޭގްރައުންޑެއް ހެދުން
- ދޮރުތަކާއި ކުޑަދޮރުތައް އެލުމިނިއަމް ބިއްލޫރި ޖެހި ދޮރަށް ބަދަލުކުރުން
- ތަށިމުށިޖަހައި ޒީނަތްތެރިކޮށްފައިވުން
- ކްލާސް ރޫމްތައް އޭސީކުރުން