ތައާރަފް

ކޮޅުމަޑުލު ތިމަރަފުށްޓަކީ އާބާދީގައި ގާތްގަނޑަކަށްް 1924 މީހުން އުޅޭ ރަށެކެވެ. ރަށުގެ މީހުން އާމްދަނީ ހޯދުމަށްޓަކައި ފަތުރުވެރިކަން، ދަނޑުވެރިކަން، މަސްވެރިކަން ކުރެއެވެ. ތިމަރަފުށީ ކައުންސިލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޤާނޫނީ ޝަޚުސެކެވެ. މިކައުންސިލްގައި ރަށު ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށްފައިތިބި 5 ކައުންސިލަރުން ތިއްބަވައެވެ. އެއީ ކައުންސިލްގެ ރައީސް އަހުމަދު ނާސިރު، ނައިބުރައީސް އަހުމަދު ޔާމީން، މެމްބަރު އަލީ ޝާހް، މެމްބަރު މަރިޔަމް އިނާސާ އަދި މެމްބަރު ޖަބީން އަލިފުޅެވެ. އަދި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ސިވިލްސަރވިސްގެ މުވައްޒަފުން ހިމެނޭގޮތަށް ކައުންސިލްގެ އިދާރާއެއްވަނީ ގާއިމްކޮށްފައެވެ. އިދާރާގެ ވެރިއެއްގެ ގޮތުގައި ހުންނެވީ ވަގުތީ ސެކެޓްރީ ޖެނެރަލް, ކައުންސިލް އެގްޒެކެޓިވް އަޙްމަދު އިލްހާމެވެ. ކައުންސިލް އިދާރާގެ ޚިދުމަތްތައް އަމާޒުކުރެވިފައިވާނީ ރަށުގައި ދިރިއުޅޭ ދިވެހީންނަށާއި ބިދޭސީންނަށް އަދި ރަށުން ބޭރުގައި ދިރިއުޅޭ ތިމަރަފުށީގެ ރައްޔިތުންނަށެވެ.

ރަށުގެ އާބާދީ އަދި އެހެނިހެން މަޢުލޫމާތު
ރަށުގައި ދިރިއުޅޭ ޖުމްލަ އާބާދީ (710)
40% 47% 13%
އަންހެން
ފިރިހެން
ބިދޭސީން
  •  ބިމުގެ ބޮޑުމިން: 62 ހެކްޓަރު
  •  އާބާދީ: 1924
  •  ޕޯސްޓަލް ކޯޑް: 14100
  •  އެންމެ ކައިރީގައިވާ އެއާޕޯޓް: ތިމަރަފުށީ އެއާޕޯޓް
  •  ޑްރައިވިންގ ޒޯން: ސީ

އެންމެ ފަހުން އަދާ ހަމަކުރެވުނީ: 03 އޮކްޓޯބަރު 2014

އާބާދީގެ، އަދި މުސްތަޤްބަލަށް ލަފާކުރެވޭ ތަފާސްހިސާބު

ތިމަރަފުށީގެ ލޮކޭޝަން އަދި ބިމުގެ ކުރެހުމާއި ޗާޓް

ޗާޓް އަދި ލޭންޑް ޔޫސް ޕްލޭން
Thimarafushi Chart Dhivehi 2021.cdr
ދިވެހި ޗާޓް
LUP latest
ލޭންޑް ޔޫސް ޕްލޭން