ތިމަރަފުށީގެ މުހިންމު ތަންތަން

ތ. އަތޮޅު ތަޢުލީމީ މަރުކަޒު
8
Thaa AEC new

ކޯޑިނޭޓްސް: 2.219550، 73.149743
އިމާރާތް ކުރެވުނު އަހަރު: 1980
ދަރިވަރުންގެ ޖާގަ: 300 ދަރިވަރުން
މުވައްޒަފުންގެ އަދަދު: 37 ޓީޗަރުން، 13 އިދާރީ މުވައްޒަފުން
ބޮޑުމިން: 7000 އަކަފޫޓް

ތ. އަތޮޅު ތަޢުލީމީ މަރުކަޒަކީ ދިވެހި ސަރުކާރާއި ޔުނިސެފު ގުޅިގެން ތިމަރަފުށީ ރަށްޔިތުންގެ އެހީތެރިކަމާއި އެކު ދިވެހިރާއްޖޭގައި 03 ވަނައަށް ބިނާކުރެވުނު އަތޮޅު ތަޢުލީމީ މަރުކަޒެވެ. މަރުކަޒުގެ ބިންގާ އެޅުނީ 4 ޖޫން 1978 ގައެވެ. ހުޅުއްވައި ދެއްވީ 4 ފެބުރުއަރީ 1980 ގައި، އޭރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުހަންމަދު ޒާހިރު ހުސެއިން އެވެ. 1984 ވަނަ އަހަރު މިމަރުކަޒުގެ ނަން "ތ. ކޮމިއުނިޓީ ސްކޫލް" ގެ ނަމުން "ތ. އަތޮޅު ތައުލީމީ މަރުކަޒު" މި ނަމަށް ބަދަލުކުރެވުނެވެ. މަރުކަޒުގެ ކިޔަވައި ދިނުން ފެށިގެން އައި އިރު ފުރަތަމަ ދެވެމުން ދިޔައީ ހަމައެކަނި ޕްރައިމަރީ ތަޢުލީމެވެ. ނަމަވެސް ދާއިރާ ފުޅާވެ، މެދުމަދަރުސީ ތަޢުލީމަށް ބަދަލުވެ 1992 ވަނަ އަހަރު މި ސްކޫލްވަނީ ސާނަވީ ތަޢުލީމުދޭ ތަނަކަށް ބަދަލު ވެއެވެ. 2024 ވަނަ އަހަރުގައި މި ސްކޫލުގައި 275 ދަރިވަރުން ތަޢުލީމު ޙާސިލުކުރަމުން ގެންދެއެވެ. ސްކޫލުގައި ކިޔަވައިދެނީ ސައިންސ،ް ބިޒްނަސް އަދި ބީޓެކް ސްޓްރީމް އެވެ.

2025 ވަނަ އަހަރުގައި މި ސްކޫލްގައި 253 ދަރިވަރުން ކިޔަވަމުންދެއެވެ. އަދި އޭގެ އިތުރުން 37 ޓީޗަރުންނާއި، 13 އިދާރީ މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ.