ތިމަރަފުށީގެ މުހިންމު ތަންތަން

މިސްކިތްތައް
މަސްޖިދުއް ރަޙްމާން

Rahman
Rahman Mosque new

ކޯޑިނޭޓްސް: 2.219550، 73.149743
އިމާރާތް ކުރެވުނު އަހަރު: 1976
މިސްކިތުގެ ޖާގަ: ގާތްގަނޑަކަށް 350 މީހުންނަށް
ނަމާދުކުރާ ސަރަހައްދުގެ ބޮޑުމިން: 250 އަކަމީޓަރު

މަސްޖިދުއް ރަހްމާނު ނުވަތަ އާންމު ނަމުންނަމަ ބޮޑު މިސްކިތަކީ 1976 ވަނަ އަހަރު ބިނާކުރެވިފައިވާ މިސްކިތެކެވެ. މި މިސްކިތުގައި ބޮޑު ނަމާދުކުރާ މާލަމެއް، މިޙްރާބުގެއެއް، ދެފަރާތުގައި ފެންޑާތަކެއް އަދި ދެ ވުޟޫކުރާ ސަރަޙައްދު ހިމެނެއެވެ. ފުރަތަމަ މިސްކިތް ބިނާކުރެވިފައިވަނީ ހިލައާއި ލައިމް ބޭނުންކޮށްގެންނެވެ. މިސްކިތުގެ ފާރުތައް ހަދާފައިވަނީ ހިލަ ތަޅައިގެން ހަދާފައިވާ ސިމެންތިއާއި ސުންނާފަތި ބޭނުންކޮށްގެންނެވެ. އަދި ދެފަރާތުގައި ސުންނާފަތިން ޕްލާސްޓަރ ކުރެވިފައިވެއެވެ. ދޮރުތަކާއި ކުޑަދޮރުތައް ހަދާފައިވަނީ ހަނދުވަރު ލަކުޑިންނެވެ. ފުރާޅުގެ އޮނިގަނޑު ހަދާފައިވަނީ ހަނދުވަރު ލަކުޑިއާއި ރުކުގެ ދަނޑިތައް ބޭނުންކޮށްގެންނެވެ. އަދި ފުރާޅުގައި ޖަހާފައިވަނީ ދަގަނޑު ޓިނެވެ. ތަޅުން އަޅާފައިވަނީ ސިމެންތިންނެވެ.

މިސްކިތް ޢިމާރާތްކުރި ފަހުން މިހާތަނަށް އައިއިރު، އެކި ބަދަލުތައް ގެނެސްފައިވެއެވެ. މިގޮތުން:
- ވަދެނިކުމެވާ ސަރަހައްދު ހިޔާކުރުން
- ކުޑަ ދޮރުތަކާއި ބޮޑުދޮރުތައް އެލުމިނިއަމް ބިއްލޫރި ޖެހި ދޮރައް ބަދަލުކުރުން
- ފުރާޅު ޒަމާނީ މަގުފުޅާޓިނުގެ ފުރާޅަކަށް ބަދަލުކުރުން
- ތަޅުން އަޅާ ތަށިމުށި ޖެހުން
- ބޭރުގައި ފާޚާނާ ބްލޮކްތަކާއި ވުޟޫކުރާ ވަސީލަތްތައް އިތުރުކުރުން

މަސްޖިދުލް ހަސަން ހާޖީ

Haji Dharus (3)
Haji (1)

ކޯޑިނޭޓްސް: 2.219550، 73.149743
އިމާރާތް ކުރެވުނު އަހަރު: 2010
މިސްކިތުގެ ޖާގަ: ގާތްގަނޑަކަށް 300 މީހުންނަށް
ނަމާދުކުރާ ސަރަހައްދުގެ ބޮޑުމިން: 200 އަކަމީޓަރު

މަސްޖިދުއް ހާޖީ ނުވަތަ އާންމު ނަމުންނަމަ އުތުރުއަވަށު މިސްކިތަކީ 2010 ވަނަ އަހަރު ބިނާ ކުރެވިފައިވާ މިސްކިތެކެވެ. މި މިސްކިތުގައި ބޮޑު ނަމާދުކުރާ ހޯލެއް، މިޙްރާބުގެއެއް، އަދި ވުޟޫކުރާ ސަރަޙައްދެއް ހިމެނިފައިވެއެވެ. ފުރަތަމަ މިސްކިތް ބިނާކުރެވިފައިވަނީ ހިލައާއި ލައިމް ބޭނުންކޮށްގެންނެވެ. މިސްކިތުގެ ފާރުތައް ހަދާފައިވަނީ ހިލަ ތަޅައިގެން ހަދާފައިވާ ސިމެންތިއާއި ސުންނާފަތި ބޭނުންކޮށްގެންނެވެ. އަދި ދެފަރާތުގައި ސުންނާފަތިން ޕްލާސްޓަރ ކުރެވިފައިވެއެވެ. ދޮރުތަކާއި ކުޑަދޮރުތައް ހަދާފައިވަނީ ހަނދުވަރު ލަކުޑިންނެވެ. ފުރާޅުގެ އޮނިގަނޑު ހަދާފައިވަނީ ހަނދުވަރު ލަކުޑިއާއި ރުކުގެ ދަނޑިތައް ބޭނުންކޮށްގެންނެވެ. އަދި ފުރާޅުގައި ޖަހާފައިވަނީ ދަގަނޑު ޓިނެވެ. ތަޅުން އަޅާފައިވަނީ ސިމެންތިންނެވެ.

މިސްކިތް ޢިމާރާތްކުރި ފަހުން މިހާތަނަށް އައިއިރު، އެކި ބަދަލުތައް ގެނެސްފައިވެއެވެ. މިގޮތުން:
- ވަދެނިކުމެވާ ސަރަހައްދުގައި ފައިބަރު ޝީޓު ޖަހާ ވޯކްވޭއެއް ހެދުން
- ކުޑަ ދޮރުތަކާއި ބޮޑުދޮރުތައް އެލުމިނިއަމް ބިއްލޫރި ޖެހި ދޮރައް ބަދަލުކުރުން
- ފުރާޅު ޒަމާނީ މަގުފުޅާޓިނުގެ ފުރާޅަކަށް ބަދަލުކުރުން
- ތަޅުން އަޅާ ތަށިމުށިޖަހާ އޭގެ މަތިން މިސްކިތު ވައިނަލް ކާޕެޓް އެޅުން
- މިސްކިތް އެއްކޮށް އޭސީ ކުރުން

މަސްޖިދުލް ބާގިޔާތު

Bagiyath
Bagiyat 2

ކޯޑިނޭޓްސް: 2.219550، 73.149743
އިމާރާތް ކުރެވުނު އަހަރު: 2005
މިސްކިތުގެ ޖާގަ: ގާތްގަނޑަކަށް 200 މީހުންނަށް
ނަމާދުކުރާ ސަރަހައްދުގެ ބޮޑުމިން: 190 އަކަމީޓަރު

މަސްޖިދުލް ބާގިޔަތު ނުވަތަ އާންމު ނަމުންނަމަ އަސްރާރު މިސްކިތަކީ 2005 ވަނަ އަހަރު އިސްލާމީ ސަގާފަތުގެ ވަނަވަރު ދައްކުވައިދޭ ގޮތަށް ޢިމާރާތްކޮށްފައިވާ ޒީނަތްތެރި މިސްކިތެކެވެ. މި މިސްކިތް ޢިމާރާތްކުރުމުގައި ބޭނުންކޮށްފައިވަނީ ހިރިގަލާއި ސިމެންތި އެއްކޮށްގެން އުފައްދާ ލައިމް މޭސަންރީއެވެ. މިސްކިތުގެ ފާރުތައް ހަދާފައިވަނީ ހިލަގަނޑު އާއި ލައިމް މޯޓަރ ބޭނުންކޮށްގެންނެވެ. އަދި ފާރުތަކުގެ ދެފަރާތުގައި ލައިމް ޕްލާސްޓަރ ޖަހާފައިވެއެވެ. ދޮރާއި ކުޑަދޮރުތައް ޓީކް ލަކުޑިން ހަދާފައިވާއިރު ފުރާޅު ހަދާފައިވަނީ ޓީކު ލަކުޑި، ދިވެހި ރުކު ލަކުޑި އަދި ދަގަނޑު ޝީޓުންނެވެ.

މިސްކިތް ޢިމާރާތްކުރި ފަހުން މިހާތަނަށް އައިއިރު، އެކި ބަދަލުތައް ގެނެސްފައިވެއެވެ. މިގޮތުން:
- މިސްކިތަށް ވަދެނިކުމެވާ ސަރަހައްދު ހިޔާކުރުން
- އެލުމިނިއަމް ދޮރާއި ކުޑަދޮރުތަކުގެ ބަދަލުގައި ޓީކު ލަކުޑީގެ ދޮރާއި ކުޑަދޮރު ހަރުކޮށްފައިވުން
- ފުރާޅު ޒަމާނީ މަގުފުޅާޓިނުގެ ފުރާޅަކަށް ބަދަލުކޮށްފައިވުން
- ތަށިމުށިޖަހައި ޒީނަތްތެރިކޮށްފައިވުން
- ބޭރުގައި ފާޚާނާ ބްލޮކްތަކާއި ވުޟޫކުރާ ސަރަހައްދުތައް އިތުރުކޮށްފައިވުން
މި ބަދަލުތަކާއެކު، ބާގިޔާތު މިސްކިތަކީ ރަށުގެ އާބާދީއަށް ފަސޭހަކަމާއެކު ޚިދުމަތް ލިބިދެވޭ، ޒަމާނީ ވަސީލަތްތަކާއެކު ބޭނުންކުރެވޭ މިސްކިތަކަށްވަނީ ވެފައިވެއެވެ.