އެމް.ސީ.އީ.ޕީ. އާއި ކައުންސިލް ގުޅިގެން ކުނީގެ ހާލަތު ބެލުމަށް ސާރވޭ ފެށުން

01 ޖުލައި 2025

Thimarafushi MCEP survey news page photo

ތިމަރަފުށީ ކައުންސިލާއި މޯލްޑިވްސް ކްލީން އެންވަރަންމަންޓް ޕްރޮޖެކްޓް (MCEP) ގުޅިގެން ތިމަރަފުށީގެ ކުނީގެ ހާލަތު ދެނެގަތުމަށްޓަކައި އަދި ރަށުގެ ރައްޔިތުން ތިމާވެއްޓަށް ހޭލުންތެރިކުރުމުގެ މަގްސަދުގައި ސާރވޭއެއް ކުރިޔަށް ގެންދަން ފައްޓަވައިފިއެވެ.
މި ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔައީ 01 ޖުލައި 2025 ގައި އަދި 03 ޖުލައި 2025 ގައެވެ. މިގޮތުން 01 ޖުލައި 2025 ގައި ތިމަރަފުށީގެ އެކި އުމުރު ފުރާގެ ރައްޔިތުން ވޮލެންޓިއަރުންގެ ގޮތުގައި ސާރވޭގައި ބައިވެރިވެ ސާރވޭގެ މަޢުލޫމާތާއި ޓްރެއިނިން ދެވުނެވެ. މި ޕްރޮގްރާމް ތަކަށް ކުރިމަތިލި އާންމުންނަށާއި އިދާރީ މުވައްޒަފުންނަށް ޓްރެއިނިން ދެއްވީ އެމް.ސީ.އީ.ޕީ ގެ ރިޕްރެޒެންޓޭޓިވް އަޙްމަދު ބުންޔާމީންއެވެ. މީގެ އިތުރުން ކައުންސިލް އިދާރާގެ 03 މުވައްޒަފަކާއި ތިމަރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރަށްވާ ކޮމިޓީގެ 05 މެންބަރުން މި ޕްރޮގްރާމް ތަކުގައި ބައިވެރިވިއެވެ.

01 ޖުލައި 2025 ގައި ޕްރޮގްރާމްގެ ޓްރެއިނިންގ ނިންމުމަށްފަހު، 03 ޖުލައި 2025 ގައި، ކައުންސިލުން އިތުރު ފަރާތްތަކަށް ޓްރެއިނިންގ ދީ ސާރވޭގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލެއްވިއެވެ. މިގޮތުން ސާރވޭގެ އެންމެހައި ޚަރަދުތައް ބެލުމާއި ސާރވޭގައި ޓީމްތައް ބެހުން ކައުންސިލުގެ ޒިންމާގެ ތެރެއިން ފުރިހަމަ ކުރެއްވިއެވެ. މި ސާރވޭ ކުރިޔަށް ގެންދިޔައީ 03 ޖުލައި 2025 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 09 ކުން ރޭގަނޑު 10 ކަށެވެ. މި ސާރވޭގައި ބައިވެރިން ރަށުގެ ހުރިހާ ގެތަކަށްގޮސް، އެ ގޯތިތަކުން ކުނި އުކާގޮތާއި، ވަކި ކުރާގޮތް، ކުނި އުކުމަށް ދާ ޚަރަދުގެ ތަފްސީލާއި އެހެނިހެން މަޢުލޫމާތު ނަންގަވާފައިވެއެވެ.

މި ސާރވޭގައި ތިމަރަފުށީ ރައްޔިތުން ދެއްވާފައިވާ އެބާރުލުމަށާއި ތިމަރަފުށީ ކައުންސިލްގެ އިދާރީ ޓީމުން ދެއްވާފައިވާ އެއްބާރުލުމަށް އެމް.ސީ.އީ.ޕީ ގެ ރިޕްރެޒެންޓޭޓިވް އަޙްމަދު ބުންޏާމީން ޝުކުރު އަދާކުރެއްވިއެވެ. އަދި މީގެ އިތުރުން، މި ސާރވޭގެ ސަބަބުންނާއި މުސްތަޤްބަލުގައި ތިމަރަފުށީ ވޭސްޓް މެނޭޖްމެންޓް ސެންޓާރ ހުޅުވުމުން ތިމަރަފުށީގެ ރައްޔިތުންނަށް މިހާރު ކުރަމުންދާ ކުނި އެންދުމުން އަރާ ވިހަ ދުމުގެ އަސަރު ކުޑަވެ ތިމާވެށި ހިމާޔަތް ކުރުމަށް އެޅޭނެ ރަނގަޅު ފިޔަވަޅެއްކަމަށް ރަށުގެ ރައްޔިތުން ދެކެއެވެ. މިސާރވޭގެ ފުރަތަމަ މަރުހަލާނިމި ދެވަނަ މަރުހަލާ ފެށުމަށް ކައުންސިލްގެ އިދާރީ ޓީމާއި އެމް.ސީ.އީ.ޕީ އިން ދަނީ ތައްޔާރުވަމުންނެވެ.

ކުނީގެ ހާލަތު ބެލުމުގެ ސާރވޭ (ފޮޓޯ ގެލަރީ)
ހަބަރު