ތިމަރަފުށްޓަށް ވައިގެ ތޫފާނެއް އަރައި ގެއްލުންތަކެއް ލިބިއްޖެ
18 ޖުލައި 2025
ތިމަރަފުށްޓަށް 18 ޖުލައި 2025 ވީ ހުކުރު ދުވަހުގެ ފަތިހު 05:45 ހާއިރު ވައިގެ ވަރުގަދަ ތޫފާނެއް އަރައި ގެއްލުންތަކެއް ވެއްޖެއެވެ.
މި ގެއްލުންތަކުގެ ތެރޭގައި ރަށުގެ އެކި ސަރަހައްދުތަކުގެ ތެރޭގައި ހުރި ގަސްގަހާ ގެހި ވެއްޓުން، ބިނދުން އަދި ބައެއް ސަރަހައްދުތަކުގައި ހުރި އިމާރާތްތަކުގެ ފުރާޅު ނެއްޓުންފަދަ ހާދިސާތައް މެދުވެރިވިއެވެ. މި ނުރައްކާތެރި ވައިގެ ތޫފާނުގައި ރަށުގެ އެއްވެސް ރައްޔިތަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. މި ހާދިސާއަށްފަހު ރަށުގެ އެކި ސަރަހައްދުތައް ސާފުކުރުމަށް ކައުންސިލްގެ އިދާރީ މުވައްޒަފުން ނުކުމެވަނީ ވަރަށް ބުރަކޮށް މަސައްކަތްކޮށްދެއްވާފައެވެ.
މި ފަދަ ކުއްލި ހާދިސާތަކުގައި ކައުންސިލްގެ އިދާރީ މުވައްޒަފުން ދެއްވާ އެއްބާރުލުމާއި، މައްސަލަ ހައްލުކުރުމަށް ދޭ އަހަންމިއްޔަތުކަން ފާހަގަކޮށް އެކަމަށް ތިމަރަފުށީ ކައުންސިލް އިދާރާގެ ވަގުތީ ސެކްރެޓަރީ ޖެނެރަލްގެ ޒިންމާތަކާއި މިވަގުތު ހަވާލުވެގެން ހުންނެވި އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ފާތުމަތު މާޝާ ޝުކުރުއަދާ ކުރެއްވިއެވެ. "އަަޅުގަނޑު ހުރިހާ އިދާރީ މުވައްޒަފުންނަށް އަދި ވަރަށް ޚާއްސަ ގޮތެއްގައި އެސިސްޓެންޓް ކައުންސިލް އޮފިސަރ މުހައްމަދު ޝަރީފް، އެސިސްޓެންޓް ކައުންސިލް އޮފިސަރ އަހްމަދު ރަޝީދު، އައިޓީ ޓެކްނީޝަން އަލަމް އައްބާސް، އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް މުއައްދު އާދަމް، އަދި ކައުންސިލް އެސިސްޓެންޓް އަލީ ނާހިދު އަށް ޝުކުރުއަދާކުރަން"، ފާތުމަތު މާޝާ ވިދާޅުވިއެވެ.













