ބާގިޔާތު މިސްކިތް މަރާމާތުކޮށް އާބާތުރަފިލުވުން
ފަންޑް ހޯދުމުގެ މަސައްކަތް
މި ޕްރޮޖެކްޓަކީ ކޮޅުމަޑުލު ތިމަރަފުށީ ބާގިޔާތުއް ސާލިހާތު މިސްކިތް ވަރަށް ބޮޑަށް ބާވެ، ހަލާކުވުމާއި ގުޅިގެން، ޒަމާނީ ފެންވަރަކަށް މިސްކިތް އަލުން މަރާމާތުކޮށް ޒީނަތްތެރިކުރުމަށް ތިމަރަފުށީ ކައުންސިލް އިދާރާއިން ނިންމައިގެން 2026 ވަނަ އަހަރު ފަށާފައިވާ މަސައްކަތެކެވެ.
މަޝްރޫޢުގެ ތަފްޞީލު:
މި މަޝްރޫޢު އަޅުގަނޑުމެންގެ ރަށަށް ޚާއްޞަ މަޝްރޫޢަކަށް ހެދުމަކީ އަޅުގަނޑުމެންގެ އަމާޒެކެވެ. މިއީ ރަށުގެ ރައްޔިތުންގެ ބައިވެރިވުމާއި އެހީތެރިކަމާއެކު މަރާމާތުކޮށް އާބާތުރަފިލުވޭނެ މިސްކިތެކެވެ. މި ކައުންސިލްގެ އުންމީދަކީ ތިމަރަފުށީގެ ކޮންމެ ގޭބިސީއަކުން ވެސް، ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް މި މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވުމެވެ. މި މިސްކިތް މިވަގުތު ހުރީ ވަރަށް ބޮޑަށް މަރާމާތު ކުރަން ޖެހިފައެވެ. އެހެންކަމުން، މި މަތިވެރި މަސައްކަތުގައި ބައިވެރިވުމަށް އެންމެހައި ބޭފުޅުންނަށް ދައުވަތު އަރުވަމެވެ.
މިސްކިތް ބިނާކުރުމާއި މަރާމާތުކުރުމުގައި ބައިވެރިވުމަކީ "ޞަދަޤާތުލް ޖާރިޔާ" (މެދުނުކެނޑި ދެމިގެންދާ ޞަދަޤާތް) އެކެވެ. މިއީ މުސްލިމަކު ދުނިޔެ ދޫކުރުމަށްފަހުގައި ވެސް، އެ މިސްކިތުގައި މީހުން ނަމާދުކޮށް އަޅުކަން ކުރަމުންދާހާ ހިނދަކު، އެ މީހަކަށް އޭގެ ސަވާބާއި ދަރުމަ މެދުނުކެނޑި ލިބިލިބި ހުންނާނެ ކަމެކެވެ.
މާތް ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ:
"އާދަމުގެ ދަރިޔާ މަރުވުމުން، ތިން ކަމަކުން މެނުވީ އޭނާގެ ޢަމަލުތައް މެދުކެނޑިގެންދެއެވެ. އެއީ: ހިނގަހިނގާ ހުންނަ ޞަދަޤާތެއް (ޞަދަޤާތުލް ޖާރިޔާ)، ނުވަތަ މީސްތަކުންނަށް އޭގެ ފައިދާކުރަނިވި ޢިލްމެއް، ނުވަތަ އޭނާއަށްޓަކައި ހެޔޮދުޢާކުރާނެ ޞާލިޙު ދަރިއެކެވެ." (ޞަޙީޙް މުސްލިމް، ޙަދީޘް: 1631)
އެހީތެރިކަން ފޯރުކޮށްދެއްވުމަށް:
އެކައުންޓް ނަން: 1441 Kharadhu 2
އެކައުންޓް ނަންބަރު: 7725700323004
ވީހާވެސް ގިނަ ބޭފުޅުން މި ދީނީ މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާށެވެ. އަދި މި ޚަބަރު އެހެން ބޭފުޅުންނަށް ފޯރުކޮށްދެއްވުން އެދެމެވެ. މާތް الله (سُبْحَانَهُ وَتَعَالَى) އަޅުގަނޑުމެން އެންމެންގެ ހެޔޮ ޢަމަލުތައް ޤަބޫލުކުރައްވާށި.
މި ޕްރޮޖެކްޓް ބެހިގެން ވަނީ 3 ފޭސް އަކަށެވެ.
* ފޭސް 1 : މަރާމާތު ތަކަށް ފަންޑް ހޯދުން
* ފޭސް 2 : މިސްކިތުގެ އެތެރެއާއި ބޭރުގެ ސްޓްރަކްޗާރ މަރާމާތުކުރުން
* ފޭސް 3 : ފިނިޝިން މަސައްކަތްތައް
މަޝްރޫޢުގެ އިތުރު މަޢުލޫމާތު:
1. ވެރިފަރާތް: ތިމަރަފުށީ ކައުންސިލްގެ އިދާރާ
2. ހިންގާ ފަރާތް: ތިމަރަފުށީ ކައުންސިލްގެ އިދާރާ
3. ސުޕަވައިޒްކުރާ ފަރާތް: ތިމަރަފުށީ ކައުންސިލްގެ އިދާރާ
4. ޖުމްލަ އަގު: 2،500،000.00 ރުފިޔާ
5. މަޝްރޫޢުގެ މުއްދަތު: 10 މަސް ދުވަސް
6. މަސައްކަތް ފެށުނު ތާރީޚު: 25 މާރިޗް 2026
7. މަސައްކަތް ނިންމަންޖެހޭ ތާރީޚު: 25 ޖަނަވަރީ 2027
ފަންޑް ޕްރޮގްރެސް
ލިބިފައިވާ އަދަދު (ރުފިޔާ)
26،645.00
ގޯލް (ރުފިޔާ)
2،500،000.00
އަމާޒަށް ވާސިލްވެފައިވާ ޕަސެންޓް
1.0658%
ސަދަގާތްކޮށްފައިވާ އާއިލާތަކުގެ އަދަދު
+14
މިސްކިތް މިހާރު ހުރި ހާލަތް
މަޝްރޫޢުގެ ކުރެހުމާއި ޗާޓްތައް
ކުރެހުން
ޕްރޮޖެކްޓްގެ ޓައިމްލައިން
އެތެރެއާއި ބޭރުގެ ސްޓްރަކްޗާރ މަރާމާތުކުރުން
ފޭސް 2 ފެށުމަށް ހަމަޖެހިފައިވަނީ ފޭސް 1 ނިމި ފަންޑް ލިބުމަށްފަހުގައެވެ.
ފިނިޝިން މަސައްކަތްތައް
ފޭސް 3 ފެށުމަށް ހަމަޖެހިފައިވަނީ ފޭސް 2 ނިމުމަށްފަހުގައެވެ.









