ތިމަރަފުށީގެ މުހިންމު ތަންތަން

މަސްޖިދުއް ރަޙްމާން

Rahman
Rahman Mosque new

އިމާރާތް ކުރެވުނު އަހަރު: 1976
މިސްކިތުގެ ޖާގަ: ގާތްގަނޑަކަށް 350 މީހުންނަށް
ނަމާދުކުރާ ސަރަހައްދުގެ ބޮޑުމިން: 250 އަކަމީޓަރު

މަސްޖިދުއް ރަހްމާނު ނުވަތަ އާންމު ނަމުންނަމަ ބޮޑު މިސްކިތަކީ 1976 ވަނަ އަހަރު ބިނާކުރެވިފައިވާ މިސްކިތެކެވެ. މި މިސްކިތުގައި ބޮޑު ނަމާދުކުރާ މާލަމެއް، މިޙްރާބުގެއެއް، ދެފަރާތުގައި ފެންޑާތަކެއް އަދި ދެ ވުޟޫކުރާ ސަރަޙައްދު ހިމެނެއެވެ. ފުރަތަމަ މިސްކިތް ބިނާކުރެވިފައިވަނީ ހިލައާއި ލައިމް ބޭނުންކޮށްގެންނެވެ. މިސްކިތުގެ ފާރުތައް ހަދާފައިވަނީ ހިލަ ތަޅައިގެން ހަދާފައިވާ ސިމެންތިއާއި ސުންނާފަތި ބޭނުންކޮށްގެންނެވެ. އަދި ދެފަރާތުގައި ސުންނާފަތިން ޕްލާސްޓަރ ކުރެވިފައިވެއެވެ. ދޮރުތަކާއި ކުޑަދޮރުތައް ހަދާފައިވަނީ ހަނދުވަރު ލަކުޑިންނެވެ. ފުރާޅުގެ އޮނިގަނޑު ހަދާފައިވަނީ ހަނދުވަރު ލަކުޑިއާއި ރުކުގެ ދަނޑިތައް ބޭނުންކޮށްގެންނެވެ. އަދި ފުރާޅުގައި ޖަހާފައިވަނީ ދަގަނޑު ޓިނެވެ. ތަޅުން އަޅާފައިވަނީ ސިމެންތިންނެވެ.

މިސްކިތް ޢިމާރާތްކުރި ފަހުން މިހާތަނަށް އައިއިރު، އެކި ބަދަލުތައް ގެނެސްފައިވެއެވެ. މިގޮތުން:
- ވަދެނިކުމެވާ ސަރަހައްދު ހިޔާކުރުން
- ކުޑަ ދޮރުތަކާއި ބޮޑުދޮރުތައް އެލުމިނިއަމް ބިއްލޫރި ޖެހި ދޮރައް ބަދަލުކުރުން
- ފުރާޅު ޒަމާނީ މަގުފުޅާޓިނުގެ ފުރާޅަކަށް ބަދަލުކުރުން
- ތަޅުން އަޅާ ތަށިމުށި ޖެހުން
- ބޭރުގައި ފާޚާނާ ބްލޮކްތަކާއި ވުޟޫކުރާ ވަސީލަތްތައް އިތުރުކުރުން