ތިމަރަފުށީގެ މުހިންމު ތަންތަން

ތިމަރަފުށީ ހެލްތު ސެންޓަރު
photo_2024-12-23_17-03-14 (8)
Healthcenter extension 1

ކޯޑިނޭޓްސް: 2.219550، 73.149743
އިމާރާތް ކުރެވުނު އަހަރު: 2001
ބަލިމީހުންގެ ޖާގަ: ގާތްގަނޑަކަށް 15 މީހުންނަށް (15 އެނދު)
މުވައްޒަފުންގެ އަދަދު: 01 އޯޕީޑީ ޑޮކްޓަރ، 10 ނަރުހުން
ބޮޑުމިން: 2300 އަކަފޫޓް

ތިމަރަފުށީ ހެލްތު ސެންޓަރަކީ 2001 ވަނަ އަހަރު ތިމަރަފުށީގައި ބިނާކުރެވުނު ތަނެކެވެ. ހެލްތު ސެންޓަރު ހުންނަނީ މަސްޖިދުލް ހަސަން ހާޖީގެ ދެކުނުން، ތިމަރަފުށީ ކައުންސިލްގެ އުތުރުންނެވެ. މިވަގުތު ހެލްތު ސެންޓަރުގައި 1 ޑޮކްޓަރާއި، 10 ނަރުހުން ހަރަކާތްތެރިވެއެވެ. ހެލްތް ސެންޓަރުގައި 2 ޕަބްލިކް ވޯޑް، 1 ލެބޯޓްރީ، 1 އީއާރް، 1 ބޭސް ފިހާރަ އަދި ސްޓާފް ކުއާޓާއެއް ޤާއިމް ކުރެވިފައިވެއެވެ. މީގެ އިތުރުން ސިއްހީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ހައްލެއް ހޯދުމަށް 2022 ވަނަ އަހަރުވަނީ 6 އެނދުގެ އާ އިމާރާތެއް ޤާއިމްކުރުމުގެ މަސައްކަތްވަނީ ފެށިފައެވެ. މުޖުތަމަޢުގެ މުހިންމު ޞިއްޙީ ވަސީލަތެއްގެ ގޮތުގައި، މި މަރުކަޒުން ދަނީ ތިމަރަފުށީގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު އަސާސީ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ސިއްހީ ހިދުމަތް ދިނުމަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކުރުމާއި އާންމު ރައްޔިތުން ބަލިތަކަށް އަހުލުވެރި ކުރުމަށް ޕްރޮގްރާމް ހިންގުން ހިމެނެއެވެ.

ސިއްހީ މަރުކަޒުން ދެވޭ ހިދުމަތްތަކުގެ ތެރޭގައި އައުޓް ޕޭޝަންޓް ޑިޕާރޓްމަންޓެއް، ލޭ އަދި ކުޑަކަމުދާ ތަކެތި ޓެސްޓުކުރުމުގެ ޙިދުމަތް، ލޭ އެޅުމާއި ކުޑަކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމްތައް، ނޭވާލުމުގެ ފަރުވާ (ކުއްލި ހާލަތުގައި އޮކްސިޖަން ދިނުން)، ޒަމާނީ ބޭސް އަދި ހާއްސަ ބޭސް ދިނުން ހިމެނެއެވެ.